މުސާރަ ނުލިބި ދިގުލައިދާތީ ބްރެޒިލްގެ އެތައް ހާސް ފުލުހުން މަގުތަކަށް ނުކުމެ މުޒާހަރާކޮށްފިއެވެ. މުޒާހަރާކުރި ފުލުހުންގެ ތެރޭގައި އެކި ދަރަޖައިގެ އަންހެން އަދި ފިރިހެން ފުލުހުން ހިމެނެއެވެ.
ފުލުހުންނަށް ހަމައަށް މުސާރަ ނުލިބުމުގެ މައްސަލަ 1994 ވަނަ އަހަރު ކުރިމަތިވިފަހުން މިހައިތަނަށް ވަނީ އެކި ހާދިސާތަކުގައި 3000 އަށްވުރެ ގިނަ ފުލުހުންގެ އޮފިސަރުން މަރައިފައެވެ.
ބްރެޒިލްއަކީ ކުށްކުރުން އެންމެ ގިނަ އެއް ޤައުމެވެ. މުސާރަ ނުދޭތީ ފުލުހުން ގެންދަނީ ކުށްކުރަން ފުރުޞަތުދިނުމަށްފަހު ކުށްވެރިން އަތުން ފައިސާ ހޯދަމުންނެވެ.
މުޒާހަރާގައި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ. އެތައް ހާސް އާއިލާތަކެއްގެ ގިނަ ބައަކު ބައިވެރިވިއެވެ. މުޒާހަރާ ކުރަންތިބި ފުލުހުން ބުނީ އެމީހުން މުޒާހަރާކުރަނީ ނޫން ކަމަށާއި މުޒާހަރާ ހުއްޓުވަން މަސައްކަތްކުރަނީ ކަމަށެވެ.
މުޒާހަރާކުރުމަކީ ފުލުހުންނަށް މަނާ ކަމެކެވެ.