ރޮހިންޔާ ދަރިކޮޅު މީހުންނަށް އެހީ ހިފައިގެން ދިއުމުން މުޒާހަރާކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ރޮހިންޔާ ދަރިކޮޅު މީހުންނަށް އެހީ ހިފައިގެން ދިއުމުން މުޒާހަރާކޮށްފި!
މިޔަންމާގައި ނިކަމެތިކޮށްފައިވާ ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް މެލޭސިޔާއިން ފޮނުވި އެހީގެތަކެތި ހިފައިގެން ދިއުމުން އެކަމާއި ދެކޮޅަށް މުޒާހަރާކޮށްފިއެވެ.

މުޒާހަރާގައި ތިބި 70 ވަރަކަށް މީހުންގެ ތެރެއިން 20 މީހުންނަކީ ބުޑިސްޓް ހާމުދުރުންނެވެ. އެމީހުން ބުނަމުން ގެންދިއައީ ރޮހިންޔާ ދަރިކޮޅުގެ ބައަކު މިޔަންމާގައި ނެތްކަމަށާއި އެއީ ބަންގްލަދޭޝް އިން ބޭރުކޮށްލާފައިވާ ބަންގްލަދޭޝްގެ ބައެއް ކަމަށެވެ.

މެލޭސިޔާގެ ބޮޑުވަޒީރު ވިދާޅުވީ ހާލުގައިޖެހިފައިވާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދެއްވައި އެމީހުންނަށް ރަނގަޅު ގޮތްތަކެއް ހަމަޖައްސަވައިދެއްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

މިހާރުވެސް މެލޭސިޔާއިން ވަނީ ކާބޯތަކެއްޗާއި ފޭރާން ފަދަ ތަކެތިއަރުވައި ދެ ބޯޓް ފޮނުވައިފައެވެ.
މިއަދު އޮންލައިން