ނުވަވަނަ އިންޓަރ އޮފީސް، ކޮމްޕެނީ، ރިސޯޓު ޓީޓީ މުބާރާތް އަންނަ މާރޗު މަހު ބޭއްވުމަށް ނިންމާ ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނީ މި މުބާރާތް އޮންނާނީ އަންނަ މާރޗު މަހުގެ 12 ން 17 އަށް ކަމަށާއި ބައިވެރިވާން އެދޭ ފަރާތްތަކުން މާރޗު އެއްވަނަ ދުވަހުގެ ކުރިން އެ އެސޯސިއޭޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މިއަދު ނޫހަށް މަޢުލޫމާތު ދެއްވަމުން ޓީޓީ އެސޯސިއޭޝަންގެ ރައީސް ޢަލީ ރަޝީދު ވިދާޅުވީ މިއީ ދެޖިންސަށްވެސް ހުޅުވާލާފައިވާ މުބާރާތެއް ކަމަށެވެ. އަދި އުއްމީދަކީ ފާއިތުވި އަހަރުތަކުގައި ލިބުނުވަރަށްވުރެ ބޮޑު ތަރުހީބެއް މިއަހަރު
ލިބުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މުބާރާތާއިބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް 3314014 / 7786647 އަދި 7481756 އަށް ގުޅުއްވުމުން ސާފުވާނެ ކަމަށްވެސް ޢަލީ ރަޝީދު ވިދާޅުވިއެވެ. އަދި މުބާރާތުގައި ބައިވެރިވާން އެދޭފޯމާއި މުބާރާތުގެ ޤަވާޢިދު އެއިން ކޮންމެ ނަމްބަރަކަށް ގުޅުމުންވެސް އީމެއިލް ކޮށްދޭނެ ކަމަށްވެސް ޢަލީ ވިދާޅުވިއެވެ.
ފާއިތުވި އަހަރުގެ އިންޓަރ އޮފީސް، ކޮމްޕެނީ، ރިސޯޓު ޓީޓީ މުބާރާތުގައި ފިރިހެން ފުރަތަމަ ޑިވިޜަންގައި 4 ޓީމު ދެވަނަ ޑިވިޜަންގައި 8 ޓީމު އަދި އަންހެން ޑިވިޜަންގައި 3 ޓީމުވަނީ ވާދަކޮށްފައެވެ.