ދިވެހި ޤައުމީ ފުޓްބޯޅަ ޓީމާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް 3 ޤައުމަކުން އެދިއްޖެ

ކިޔުމަށް ހޭދަވާނީ 39ސ
ދިވެހި ޤައުމީ ފުޓްބޯޅަ ޓީމާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް 3 ޤައުމަކުން އެދިއްޖެ
ދިވެހި ޤައުމީ ފުޓްބޯޅަ ޓީމާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް 3 ޤައުމަކުން އެދި، ދަޢުވަތު ލިބިފައިވާ ކަމަށް ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އިން ބުނެފިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމްއަދީލް ޖަލީލް ވިދާޅުވީ ދަޢުވަތު ލިބިފައިވަނީ ސްރީލަންކާ އާއި މިޔަންމާ އަދި އަފްޣާނިސްތާނުން ކަމަށާއި އެހެންނަމަވެސް އެ މެޗުތައް ކުޅޭނީތީ ނުވަތަ ނޫންތޯ ނިންމާނީ ކޮމެޓީގައި މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

ޤައުމީ ޓީމުގެ ކޯޗު ސްޓެވާޓް އަންނަ ބުދަ ދުވަހު މާލެ އައުމުން ކޮމެޓީ އާއެކު މަޝްވަރާކޮށްފައި ގޮތެއް ނިންމާނެ ކަމަށާއި މިވަގުތު ލިބިފައިހުރީ މުޅިންވެސް އަވޭ މެޗުތައް ކަމަށާއި އެހެންނަމަވެސް ހޯމް މެޗުތަކެއްވެސް ކުޅުމަށް ވިސްނަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއަދު އޮންލައިން