ދިފޭފޫ ސްޕޯޓްސް އިން ތިޒާމްކޮށްގެން އައްޑޫ ސިޓީ ގަމުގައި މިހާރު ކުރިއަށްދާ "އޮންދިގޯ ސްޓްރީޓް ސޮކަރ" ގެ ފޯރިގަދަ 4 މެޗު ރޭވެސް ކުޅުނެވެ.
ފުރަތަމަ މެޗުގައި ބައްދަލުކުރީ މަލްޓިޖީނިއަސްއާއި އެފްސީ ހޯޕެވެ. މިމެޗު ނިމުނީ އެއްލަނޑު އެއްލަނޑުން ދެ ޓީމް އެއްވަރު ވެގެންނެވެ.
އެފްސީ ހޯޕްގެ ގޯލްޖަހައިދިނީ އެޓީމްގެ ޖާޒީ ނަމްބަރ 8 ހަސަން މައުޝޫގެވެ. މަލްޓި ޖީނިއަސްއިން ލަނޑުޖެހީ ޖާޒީ ނަންބަރ 10 އަނީލް އިބްރާހީމެވެ.
ދެވަނަ މެޗުގައި ބައްދަލުކުރީ އެފްސީ ޒަފިޔާއި، ފްރެންޑްސް ކުލަބެވެ. މިމެޗު 2-0 އިން ކާމިޔާބުކުރީ އެފްސީ ޒަފިޔާއެވެ. ޒަފިޔާއަށް ލަނޑުޖަހައިދިނީ، އެޓީމުގެ ޖާޒީ ނަމްބަރ 6 އަލީ ހަބީބާއި، ޖާޒީ ނަމްބަރ 7 މުހައްމަދު އާލިފެވެ. މެޗުގެ މޭންއޮފްދަމެޗުގެ މަގާމް ހޯދީ މުހައްމަދު އާލިފެވެ.
ތިންވަނަ މެޗުގައި ބައްދަލުކުރީ މެޖެންޓާއި، ކަޅަބެންޗެވެ. މިމެޗު 1-0 އިން ކާމިޔާބުކުރީ މެޖެންޓާއެވެ. މި މިމެޗުގެ ހަމައެކަނި ލަނޑުޖެހީ މެޖެންޓާގެ ޖާޒީނަމްބަރ 7 އަބްދުﷲ ރިޒްމީނެވެ. މިމެޗުގެ މޭންއޮފްދަ މެޗަކަށް ހޮވުނީވެސް ރިޒްމީއެވެ.
ރޭގެ ހަތަރުވަނަ މެޗުގައި ބައްދަލުކުރީ ހަބޭސް އެންޖީއާއި، ތުރީއޭ އެފްސީއެވެ. މިމެޗު ނިމުނީ 1-1 އިން ދެ ޓީމް އެއްވަރުވެގެންނެވެ. ހަބޭސް އެންޖީއަށް ލަނޑު ޖަހައިދިނީ ޖާޒީ ނަމްބަރ 10 އަފްޝީމެވެ. ތުރީއޭ އެފްސީ އަށް ގޯލް ޖަހައިދީފައިވަނީ ޖާޒީ ނަމްބަރ 17 އިބްރާހީމް ޝަނޫނެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކީވެސް ޝަނޫނެވެ.
މި މުބާރާތުގެ 4 މެޗު މިރޭވެސް ކުޅޭނެއެވެ.
މިއީ ޒުވާނުންގެ ހިތްތަކުގައި ކުޅިވަރުގެ ރޫހު އުފައްދައި އެކުވެރިކަން ބަދަހިކުރުމުގެ ގޮތުން ބާއްވާ މުބާރާޔެކެވެ. މި މުބާރާތުގައި ޖުމްލަ 20 ޓީމް ވާދަކުރެއެވެ. މުބާރާތުގައި ޖުމްލަ 47 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މުބާރާތް ނިމޭނީ މިމަހުގެ 25 ގައެވެ.