ދުނިޔޭގެ ޢާންމު ރައްޔިތުން ޓްރަމްޕާމެދު ބިރުގަނޭ: އައިއެމްއެފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ދުނިޔޭގެ ޢާންމު ރައްޔިތުން ޓްރަމްޕާމެދު ބިރުގަނޭ: އައިއެމްއެފް
ދުނިޔޭގެ ކަންކޮޅުތަކުގައި ޢާންމުރައްޔިތުން އެމެރިކާގެ ރައީސް ޓްރަމްޕާއިމެދު ބިރުގަންނަ ކަމަށް އައިއެމްއެފް އިން ބުނެފިއެވެ.

ދުބާއީގައި މިއަދު ފެށި ދުނިޔޭގެ ސަރުކާރުތަކުގެ ސަމިޓުގެ ހަވާސާގައި ސީއެންއެން އިން އިންތިޒާމުކުރި ބައްދަލުވުމެއްގައި އައިއެމްއެފްގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓިން ލަގާޑޭ ބުނީ ޢާންމު ހުރިހައި ރައްޔިތުން ޖެހިލުންވެ ކަންބޮޑުވާ މައްސަލަތައް އެބަހުރިކަމަށާއި އެއިގެ ތެރޭގައި ޓްރަމްޕް ހިމެނޭ ކަމަށެވެ. އަދި ޓްރަމްޕްގެ ސަބަބުން ރައްޔިތުންނަށް އިތުބާރު ގެއްލި މާޔޫސްވަމުން އަންނަ ކަމަށްވެސް ލަގާޑޭ ވަނީ ބުނެފައެވެ.

ޓްރަމްޕުގެ އިތުރުން އިނގިރޭސިވިލާތް އީޔޫ އިން ވަކިވަން ނިންމުމުން ކުރިމަތިވެފައިވާ މާލީ މައްސަލަތައްވެސް ލަގާޑޭ ވަނީ ފާހަގަކޮށްފައެވެ. ލަގާޑޭގެ ވާހަކައިން އައިއެމްއެފް އިން މާލީ އެހީދޭ އިންޓަރެސްޓް ބޮޑުކުރަން އުޅޭކަމުގެ އިޝާރާތެއްވެސް ވަނީ ލިބިފައެވެ.

އާންމު ރައްޔިތުން އެކަންޏެއް ނޫނެވެ. ލަގާޑޭ ވެސް ހުރީ ބިރުންނެވެ. އެމެރިކާ އާއި ދުނިޔޭގެ ހާލަތު ރަނގަޅަށް އެނގިހުރެމެ މިއަހަރު އެމެރިކާއަށް ކުރިއެރުން ލިބޭނެ ކަމަށް ލަގާޑޭ ބުނީ ހަމަ ވަރަށް ބިރުންހުރެކަން އެއިރު އަޑަށް އައި ބަދަލުތަކުން ވަރަށް ރަނގަޅަށް ހާމަވިއެވެ.

މިއަދު އޮންލައިން