އޭޑީކޭ އިން ހަތަރުވަނަ ފަހަރަށް މާޒިއާ ސްޕޮންސަރ ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 43ސ
އޭޑީކޭ އިން ހަތަރުވަނަ ފަހަރަށް މާޒިއާ ސްޕޮންސަރ ކޮށްފި
ރާއްޖޭގައި ހިންގާ އަމިއްލަ އެންމެބޮޑު ހޮސްޕިޓަލް ކަމަށްވާ އޭޑީކޭ ހޮސްޕިޓަލުގެ ފަރާތުން 4 ވަނަ ފަހަރަށް ރާއްޖޭގެ މާޒިއާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ސްޕޮންސަރ ކޮށްފިއެވެ.

އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އޭޑީކޭ ގްރޫޕުގެ ފަރާތުން އެއްބަސްވުމުގައިސޮއިކުރެއްވީ އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދުއަފްޢާލް އެވެ. މާޒިޔާގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް ސެކްރެޓަރީޢަބްދުލްވައްހާބް (ވައްކޭ) އެވެ.

މި ރަސްމިއްޔާތުގައި އަފްޢާލް ވިދާޅުވީ އެ ކުންފުންޏާއި މާޒިއާ ދޭތެރޭ ގުޅުން އޮންނަތާ ވަރަށް ދުވަސްވެއްޖެ ކަމަށާއި މާޒިޔާ އަށްއެހީތެރިވެދެނީ އޭގެ ސަބަބުން މާލީ މާބޮޑު ފައިދާތަކެއް ވާތީއެއް ނޫން ކަމަށެވެ. މިއީ ކުޅިވަރު ކުރިއަރުވައި، ކުޅިވަރުގައި އެކުންފުނީގެ ހިއްސާ ދޭންބޭނުންވާތީދޭ އެހީތެރިކަމެއް ކަމަށްވާތީ މިކަމުގެ ސަބަބުން ކުންފުންޏާއި ބްރޭންޑާއިމެދު ޢާންމުން ކުރާ އިތުބާރު ބޮޑުވެ އިހުތިރާމްއިތުރުވެގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އަފްޢާލް ވިދާޅުވީ މާޒިޔާގެ ތެރެއިން ވަރަށްގިނަ އާ ކުޅުންތެރިން ކޮންމެ އަހަރަކު ނުކުންނަ ކަމަށާއި އެހެންކަމުން އުފާކުރައްވާ ކަމަށެވެ.

ވައްހާބު ވިދާޅުވީ އޭޑީކޭ ގްރޫޕުގެޗެއަރމަން އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) އެ ކްލަބާ ބަހައްޓަވާ ގާތްކަންވަރަށް ބޮޑަށް ފާހަގަކުރާ ކަމަށާއި އެމަނިކުފާނުހާ ބޮޑަށް ފުޓްބޯޅައަށްހޭދަކުރައްވާ ދެ ވަނަ އަމިއްލަ ފަރާތެއް ހުންނާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

2007 ވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޜަންގައި މާޒިއާ ފުޓްބޯޅަ ކުޅެން ފަށާފައިވާ އިރު، އެޓީމު ފާހަގަ ކުރެވިފައިވަނީ އެއްފެންވަރެއްގައި ހިފަހައްޓާ އަދި ޒުވާން ކުޅުންތެރިން އުފައްދަމުން އަންނަ ކުލަބެއް ކަމަށެވެ.
މިއަހަރުގެ އޭއެފްސީ ކަޕުންވެސް މާޒިއާ ފުރުޞަތު ހޯދާފައިވާ އިރު، އާ ސީޒަނުގެ ފުރަތަމަމެޗުގައި ބުރާސްފަތި ދުވަހުގެރޭ ޗެރިޓީ ޝީލްޑް މެޗުގައި ނުކުންނާނީ ކްލަބްވެލެންސިއާއާ ދެކޮޅަށެވެ.
މިއަދު އޮންލައިން