ބަޣްދާދީ ހުރިކަމަށް ބެލެވޭ ގެއަކަށް ބޮން އަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 26ސ
ބަޣްދާދީ ހުރިކަމަށް ބެލެވޭ ގެއަކަށް ބޮން އަޅައިފި
އައިއެސްގެ ލީޑަރު، އަބޫބަކުރު ބަޣްދާދީ ހުރިކަމަށް ބެލެވޭ ގެއަކަށް ހޮނިހިރު ދުވަހު ބޮން އަޅާފައިވާ ކަމަށް އިރާޤުން ބުނެފިއެވެ.

އިރާޤުން ބުނީ އެފް 16 ގެ ބޯޓަކުން ބޮން އެޅީ އެގޭގައި އައިސްގެ އިސް ކޮމާންޑަރުންގެ ބައްދަލުވުމެއް ކުރިއަށްދަނިކޮށް ކަމަށެވެ. އަދި އެ ހަމަލާގައި 13 ކޮމާންޑަރަކު މަރާލެވުނު ކަމަށް ބުނެ ނަންތައްވެސް ވަނީ ހާމަކޮށްފައެވެ.

ހާމަކުރި ލިސްޓުގައި ބަޣްދާދީގެ ނަމެއް ނެތެވެ. އަދި ބަޣްދާދީ އާއި ބެހޭ އެއްވެސް ވާހަކައެއް ހާމަކޮށްފައެއް ނުވެއެވެ.
މިއަދު އޮންލައިން