ފަލަސްތީނުގެ ބިންތަކުގަ އިޒްރޭލުން ގެތައް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ތުރުކީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ފަލަސްތީނުގެ ބިންތަކުގަ އިޒްރޭލުން ގެތައް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ތުރުކީ
އިޒްރޭލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިޒްރޭލުން ގެތައް އެޅުމަކީ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ އިޒްރޭލުން ހިންގަން އުޅޭ ވަރަށް ބޮޑު ޖަރީމާއެއް ކަމަށް ތުރުކީން ބުނެފިއެވެ.

ތުރުކީގެ ރައީސް ޠައްޔިބް އުރްދްގާން މިމޭރުމުން ވިދާޅުވީ ބަހްރައިންގައި މިހާރު ކުރިއަށްދާ ވޯލްޑް ގަވަރންމަންޓް ސަމިޓުގައި ތަޤްރީރް ކުރައްވަމުންނެވެ. އުރްދްޤާންގެ ތަޤްރީރް ވަނީ ބައެއް ޤައުމުތަކުގައި ވަގުތުން ދައްކައިފައެވެ.

އިޒްރޭލާއި ތުރުކީ އާއި ދެމެދުގައި ގުޅުންތައް ރަނގަޅުކުރީ ދާދިފަހުންނެވެ. އުރްދްޤާން އަކީ ބައެއް ކަންކަމުގައި އިސްވެ ފިވަޅު އަޅުއްވާ ބޭފުޅެކެވެ. އެހެންކަމުން އުރްދްޤާންގެ މި ބަސްފުޅުތަކަށް އިޒްރޭލުން ވަރަށް ބޮޑު ސަމާލުކަމެއް ދޭނެ ކަމަށް ބެލެވެއެވެ.

ވެސްޓް ބޭންކުގެ ބިންތަކުގައި 12،000 ގެ އަޅަން އިޒްޜޭލުން ނިންމުމުން އެކަމަށް އެމެރިކާ ފިޔަވައި އެހެން ހުރިހާ ޤައުމުތަކުން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
މިއަދު އޮންލައިން