މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމަށްކުޅޭ ޗެރިޓީ ޝީލްޑް މެޗުގެ ފޮޓޯއެއް އިންސްޓްރާމް ކޮށްގެން އޭޝިޔަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި ބޫޓާން އަންނަ ޖޫން މަހުގެ 13 ވަނަ ދުވަހު ބޫޓާންގައި ކުޅޭ މެޗުބަލައިލުމުގެ ފުރުޞަތު އެފްއޭއެމުން ހުޅުވާލައިފިއެވެ.
އަންނަބުރާސްފަތި ދުވަހުގެ ރޭ ކުޅޭ މި މެޗުގައި މި ފަހަރު ބައްދަލުކުރާނީ މިދިޔަ އަހަރުގެ ދިވެހި ޕްރިމިއަރލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އެފްއޭ ކަޕްގެޗެމްޕިއަން ކްލަބު ވެލެންސިއާ އެވެ.
ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އިންބުނީ މި ފުރުޞަތު ހޯދުމަށް ހަދަންޖެހޭގޮތަކީ ޤައުމީ ފުޓްބޯޅަ ދަނޑުގައިޗެރިޓީ ޝީލްޑް މެޗު ކުޅޭ ގަޑީގައި ފޮޓޯއެއް ނެގުމަށްފަހު "ހޭޝްޓެގް" ޗެރިޓީޝީލްޑް ހޭޝްޓެގް އެމްއޭޒެޑް ވީއޭއެލް ޖެހުމަށްފަހު އިންސްޓަގްރާމްކުރުން ކަމަށެވެ.
އަދި އިންސްޓަގްރާމް ކުރާ ފޮޓޯތަކުގެ ތެރެއިން އެންމެ ރަނގަޅުފޮޓޯއެއް ހޮވާނީ އެއިދާރާގެތެރޭގައި ހިމެނޭ ކުޑަ ކޮމެޓީއަކުން ކަމަށް އެފްއޭއެމް އިން ބުންޏެވެ. އޭޝިޔަން ކަޕް ކޮލިފައިންގައި ފާއިތުވި ދެ އަހަރުގެ ޗެރިޓީ ޝީލްޑްވެސް މާޒިއާ އިން ނަގާފައިވާ އިރު، ޗެރިޓީ ޝީލްޑް މެޗެއްގައި މާޒިޔާ އާއި ވެލެންސިއާ ބައްދަލުކުރާ މިއީ ފުރަތަމަފަހަރެވެ.