މިއަދު ފާހަގަކުރާ ލޯބިވެރިނބްގެ ދުވަހާއި ގުޅުވައިގެން ލޯބިވެރިންނަށް މާ އުފުލަން ސްކައި ކާގޯ ފްލައިޓެއް ރަތް ފިނިފެންމަލަށް ޚާއްޞަކޮށްފިއެވެ. އެފްލައިޓުގެ ބޭރުގައި މިއަދު ވަނީ ރަތްފިނިފެންމަލެއް ކުރަހާފައެވެ.
އެމިރޭޓްސް ސްކައިކާގޯ އިން ބުނީ ދުނިޔޭގެ ދެބައިކުޅައެއްބައި މީހުންނަށް ބޭނުންވާ މާތައް އަހަރުގެ ހުރިހާ ދުވަހަކު އުފުލަނީ އެމިރޭޓްސް ސްކައި ކާގޯ ފްލައިޓްތަކުގައި ކަމަށެވެ. އަދި ލޯބިވެރިންގެ ދުވަހާއި ގުޅިގެން އެއަދަދު އެތައް ގުނައަކަށް އިތުރުވެގެންދާ ކަމަށެވެ.
"އަހަރެމެން މިއަދަށް ފްލައިޓެއް މިޚާއްޞަކުރީ އަހަރެމެންގެ ވިޔަފާރިއަށް އަމާޒުކޮށްގެން. އަހަރެމެނެގެ ކަސްޓަމަރުންނަށް އިތުރު ހިތްހަމަޖެހުން ހޯދައިދިނުމަށް. މިފްލައިޓުން ގެންނަ ރަތް ފިނިފެންމާ ހިފައިގެން ގޮސް ލޯބިވެރިންނަށް ދޭއިރު އެމީހާއަށް ލިބޭނެ އިތުރު ހިތްހަމަޖެހުމަކީ އެމާ ގެނައީވެސް ހަމަ ރަތް ފިނިފެންމަލުގެ ފްލައިޓެއްގައިކަން،"
ދުނިޔޭގައި ފާހަގަކުރަމުން އަންނަ ލޯބިވެރިންގެ ދުވަހާއި ގުޅުވައިގެން ތަފާތު ވާހަކަތައް ދެކެވެމުން އައި ނަމަވެސް އެދުވަސް ފާހަގަކުރަން ފެށުނުކަމަށް ބުނެވެނީ ކްރިސްޓިއަން ދީނުގެ ކައިވެނި ކުރެވެންނެތް "ނަން" އެއް އޭނާއަށްވުރެ މާހަގު ފިރިހެންކުއްޖަކާއި ލޯބީގެ ގޮތުން ގުޅި ހިނގި ހާދިސާތަކަކުން ކަމަށެވެ.
އިންޑިއާގެ ބައެއް ނޫސްތަކުގައި މިއަދު ބުނެފައިވަނީ ކްރިސްޓިއަން ނަން އަކު ހޭވި ހަޑިއެއް ފާހަގަކުރުމަކީ މިޔަކަމެއް ކަމަށާއި އިންޑިއާގައި އެހަޑި ހާވަނީ ކީއްވެގެންކަން ނުއެނގޭ ކަމަށެވެ.
"އެމީހުންނަކީ ލޯބިވާން ދަންނަ ބައެއްވެސް ނޫން. ލޯބީގެ ދުވަސް ފާހަގަކޮށް މަލެއް ދެނީވެސް މުޅިން ތަފާތު ބޭނުމަކު. އެއަށްވުރެ މާރަނގަޅެއްނު ލޯބީގެ އަގު ވަޒަންކޮށް އެމީހަކު އުޅޭނެ ގޮތަކަށް ހުއްޓާލައި ލޯބިން ދިރިއުޅުބިއްޔާ." އިންޑިއާގެ ބައެއް ނޫސްތަކުގައި ލިޔެފައިވެއެވެ.
ޕާކިސްތާނުގެ ހައިކޯޓުން ވަނީ ހާމަ ތަންތުގައާއި ސަރުކާރުގެ އެއްވެސް އިމަރާތެއްގައި ލޯބިވެރިންގެ ދުވަސް ފާހަގަކުރުމުގެ އެއްވެސް ހަރަކާތެއް ހިންގުން މަނާކޮށް ކޯޓު އަނުރެއް ނެރެފައެވެ.