އިންޑިއާގެ ވައިގެ ނުސާފުކަން- ރާއްޖެއަށް އޮތް ބޮޑު ބިރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އިންޑިއާގެ ވައިގެ ނުސާފުކަން- ރާއްޖެއަށް އޮތް ބޮޑު ބިރެއް!
އިންޑިއާގެ ވައިނުސާފުކަން ބޮޑުވަމުން އަންނާތީ އެކަމަކީ ރާއްޖެއަށް ވެސް ކުރިމަތިވާ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވިއްޖެއެވެ.

މާތްﷲ ވާގިފުޅާއިއެކު ރާއްޖެއަށް މިކަމުގެ އަސަރު އަދި މާބޮޑަށް ނުކުރި ނަމަވެސް ވަރަށް ގިނަ ދުވަސްތަކަކީ ޖައްވު ނުސާފުވުމުގެ ސަބަބުން ދުންގަނޑެއް ފަދައިން ސަރަހައްދުތައް ފެންނަ ދުވަސްތަކެކެވެ.

ޖައްވުގެ ވައާއިބެހޭ ދިރާސާތައް ކުރަމުން ގެންދާ ހެލްތް އިފެކްޓްސް އިންސްޓްޓިޓިޔުޓުން ނެރުނު ދިރާސާ ރިޕޯޓުގައި ބުނެފައިވަނީ ވައިގެ ނުސާފުކަން ބޮޑުވެ، 2015 ވަނަ އަހަރު މުޅި ދުނިޔެއިން މަރުވި މީހުންގެ ދެބައިކުޅައެއް ބައަށްވުރެ ގިނަ މީހުން މަރުވެފައިވަނީ އިންޑިއާ އާއި ޗައިނާގައި ކަމަށެވެ.

ވައިގެ ނުސާފުކަން ބޮޑުވެގެން މަރުވާ މީހުންގެ އަދަދު އެ އެޖެންސީ އިން ލަފާކުރަނީ 2.2 މިލިއަން މީހުންނެވެ.

އެ އިންސްޓިޓިޔުޓުން ބުނެފައިވަނީ މިކަމުގައި އެންމެ ބޮޑު މައްސަލައެއް އިންޑިއާއަށް ކުރިމަތިވަނީ ހެކިތައް ހާމައަށް ފެންނަން ހުރި ނަމަވެސް ޖައްވު ނުސާފުވެ ވައިގެ ތަޣައްޔަރުވުމުން މީހުން މަރުވަމުންދާކަން އިންޑިއާގެ ބައެއް މިނިސްޓަރުން އަދިވެސް ޤަބޫލުނުކުރާތީ ކަމަށެވެ.

"ޗައިނާއިން ވެސް ބުނަނީ ހަމަ މިފަދަ ވާހަކައެއް. އެހައި ގިނަ ބައަކު މަރުވީ ހަމަ ވައި ތަޣައްޔަރުވެގެންތޯ ޗައިނާއިން ސުވާލު އުފައްދަނީ. އެކަމަކު ޗައިނާ އިން މިހާރު ގެންދަނީ ވައި ސާފުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން. ބައެއް ބޮޑެތި ފެކްޓްރީތައް ބަންދުވެސްކޮށްފި. އަނެއް ބައި ކުންފުނިތަކުގެ ހާލަތު ރަނގަޅުކުރަން މުއްދަތެއްވެސް ދީފި." ކަމަށް ރިޕޯޓްގައި ބުނެއެވެ.
މިއަދު އޮންލައިން