ޔަންގްމެޖެންޓާއި ތުރީއޭއެފްސީގެ މެޗުވެސް އެއްވަރު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
ޔަންގްމެޖެންޓާއި ތުރީއޭއެފްސީގެ މެޗުވެސް އެއްވަރު
ގަމުގައި މިހާރު ކުރިއަށްދާ "އޮންދިގޯ ސްޓްރީޓް ސޮކަރ 2017" ގެ ރޭ ކުޅުނު ފަހުމެޗުވެސް އެއްވަރު ވެގެން ނިމިއްޖެއެވެ.

ޔަންގްމެޖެންޓާއި ތުރީއޭ އެފްސީ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 އިންނެވެ. މިއީވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗެކެވެ.

މި މެޗުގެ މޭންއޮފްދަ މެޗަކަށް ހޮވިފައިވަނީ ތުރީއޭ އެފްސީގެ ޖާޒީ ނަމްބަރ 7 މުހައްމަދު އަބްދުﷲ ބާސިތެވެ. މި މުބާރާތުގެ މެޗުތައް ބެލުމަށް ސަޕޯޓަރުން އައިސް ދެއްވަމުން ގެންދާ ތަރުހީބަށްޓަކައި މި މުބާރާތް އިންތިޒާމް ކުރާ ދިފޭދޫ ސްޕޯޓްސްއިން ޝުކުރު އަދާކުރެއެވެ.

މިރޭވެސް މިމުބާރާތުގެ 4 މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ ހޯޕާއި، ޗެލެންޖާސްއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ ޒެފިއާއި، ކެނަރީފް އެފްސީއެވެ. ތިންވަނަ މެޗުގައި ބައްދަލުކުރާނީ ކަޅަބެންޗާއި، އެސްއެމްޓީއެވެ. ފަހުމެޗުގައި ބައްދަލު ކުރާނީ ހަބޭސް އެންޖީއާއި، ޑީސީ ސްޕޯޓްސްއެވެ.

މުބާރާތުގެ މެއިންސްޕޮންސަރަކީ އޮންދިގޯއެވެ. ކޯސްޕޮންސަރަކީ ލިޓަސްއެވެ. މީޑިއާ ޕާޓްނަރަކީ އޭއޯނިއުސްއެވެ.
މިއަދު އޮންލައިން