އޮންދިގޯ ސްޓްރީޓް ސޮކާ 2017 ގައި ރޭ ކުޅުނު ތިންވަނަ މެޗު މެޖެންޓާ މޮޅު ވެއްޖެއެވެ.
އެޓީމު މިމެޗުން މޮޅުވެފައިވަނީ ޔަންގްވަންސްއާ ބައްދަލުކޮށް 2-0 އިންނެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މެޖެންޓާގެ ޖާޒީ ނަމްބަރ 9 އަހުމަދު އަރުމީޝްއެވެ.
މި މުބާރާތަކީ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަށް އާލާކޮށް ކުޅިވަރުގެ ރޫހު ދިރުވުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. ޖުމްލަ 20 ޓީމް ވާދަކުރާ މި މުބާރާތުގައި ފައިނަލް މެޗާއެކު ޖުމްލަ 47 މެޗު ކުޅޭނެއެވެ. މިމުބާރާތުގެ ފައިނަލް ކުޅޭނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭގައެވެ. މިއީ ދިފޭދޫ ސްޕޯޓްސްއިން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތެކެވެ.
މިމުބާރާތުގެ މެއިން ސްޕޮންސަރަކީ އޮންދިގޯއެވެ. ކޯސްޕޮންސަރަކީ ލިޓަސްއެވެ. މީޑިއާ ޕާޓްނަރަކީ އޭއޯއެވެ.