މަރަދޫ ޔުނައިޓެޑުން ފްރެންޑްސް ކުލަބް ހިފަހައްޓައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
މަރަދޫ ޔުނައިޓެޑުން ފްރެންޑްސް ކުލަބް ހިފަހައްޓައިފި
ދިފޭދޫ ސްޕޯޓްސްއިން އިންތިޒާމް ކޮށްގެން ބާއްވާ "އޮންދިގޯ ސްޓްރީޓް ސޮކަރ 2017" ގެ ދެވަނަ މެޗުގައި ރޭ ބައްދަލުކުރީ މަރަދޫ ޔުނައިޓެޑާއި، ފްރެންޑްސް ކުލަބެވެ.

ގަން ޕޮލިސް ސްޓޭޝަން ކައިރީގައި އޮންނަ ޓެނިސްކޯޓުގައި ކުޅުނު މިމެޗު ނިމުނީ 1-1 ލަނޑުން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ މަރަދޫ ޔުނައިޓެޑުގެ ޖާޒީނަމްބަރ 11 ހަސަން މުފީދެވެ. އޭނާއަކީ އެޓީމަށް ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ.

ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ މި މުބާރާތުގެ މެއިން ސޮޕޮންސަރަކީ އޮންދިގޯއެވެ. ކޯސޮޕޮންސަރަކީ ލިޓަސްއެވެ. މީޑިއާ ޕާޓްނަރަކީ އޭއޯނިއުސްއެވެ.
މިއަދު އޮންލައިން