އެފްސީ ފެލްކަން، މަލްޓިޖީނިއަސްގެ މެޗު އެއްވަރު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
އެފްސީ ފެލްކަން، މަލްޓިޖީނިއަސްގެ މެޗު އެއްވަރު
އޮންދިގޯ ސްޓްރީޓް ސޮކަރ 2017 ގައި ރޭވެސް 4 މެޗު ކުޅުނެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ ފެލްކަންއާއި، މަލްޓިޖީނިއަސްއެވެ.

ފޯރިގަދަ ކުޅުމަކަށްފަހު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

މިމެޗުގެ މޭންއޮފްދަ މެޗަކަށް ހޮވިފައިވަނީ ފެލްކަންގެ ޖާޒީ ނަމްބަރ 7 އިބްރާހީމް މުއާޒު ސައީދެވެ.

ގަން ޕޮލިސްސްޓޭޝަން ކައިރީގައި އޮންނަ ޓެނިސް ކޯޓުގައި ކުރިއަށްދާ މިމުބާރާތަކީ ކޮންމެ އަހަރަކުވެސް ވަރަށް ފޯރިއާއެކު ކުރިއަށްދާ މުބާރާތެކެވެ. މިއީ ޒުވާނުންގެ މެދުގައި ކުޅިވަރަށް ލޯބި ޖައްސައި މުޖުތަމައުގެ އެކުވެރިކަން މިހާރަށްވުރެވެސް ބަދަހި ކުރުމުގެ މަގުސަދުގައި ބާއްވަމުން ގެންދާ މުބާރާތެކެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އޮންދިގޯއެވެ. ކޯ ސްޕޮންސަރަކީ ލިޓަސްއެވެ. މީޑިއާ ޕާޓްނަރަކީ އޭއޯނިއުސް އެވެ.
މިއަދު އޮންލައިން