ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިންނާއި ކޯޗާއި ދެމެދު މައްސަލަތަކެއް އުޅޭތީ ކޯޗުގެ މަޤާމުން މުޙައްމަދު ޝާޒުލީ (ޝާޒު) ވަކިކޮށް ޢަލީ ސުޒޭން އެ މަޤާމަށް ހަމަޖައްސައިފިއެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ވިކްޓަރީގެ ކޯޗުގެ މަޤާމަށް މުހައްމަދުޝާޒްލީ (ޝާޒް) ހަމަޖެއްސި ނަމަވެސް ވިކްޓަރީން ޝާޒް ދޫކޮށްލީ ޕްރީ ސީޒަންނިމިގެން ދިޔައިރުވެސް ކްލަބު އެދެވޭ ގޮތެއްގައި ތައްޔާރު ކުރެވިފައިނުވާތީ އާއި ކުޅުންތެރިންނާ ދެމެދު މައްސަލަތަކެއް އުޅޭތީކަމަށް މަޢުލޫމާތު ލިބެއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނު ކަމުގައި އަދިވެސް ގިނަ ބަޔަކު ޤަބޫލުކުރާ ވިކްޓްރީން މިއަހަރުގެ ސީޒަނަށް ވަރަށް ބޮޑަށްތައްޔާރުވެފައިވާ އިރު، ރާއްޖޭގެ އެއްނަމްބަރ ކޯޗުންގެ ތެރޭގައި ހިމެނޭ އަދި ވިކްޓްރީއަށްވެސް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ތަޖުރިބާކާރު ކޯޗު އަލުން އެޓީމާ ގުޅުމަކީ ވިކްޓަރީގެކުޅުންތެރީންނާއި ސަޕޯޓަރުންނަށް ލިބިގެންދާނޭ ވަރަށް ބޮޑުހިތްހަމަޖެހުމަކަށްވެގެންދާނެއެވެ.
ފާއިތުވި އަހަރުގެ ޗެރިޓީ ޝީލްޑާއި އުރީދޫ ދިވެހި ޕްރިމިއަރ ލީގާއި 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2015 ވަނަ އަހަރުގެ ޕްރެސިޑެންޓްސް ކަޕް މާޒިޔާއަށް ހޯދައިދިން ކޯޗު ސުޒޭން ވިކްޓްރީއަށް އިރުޝާދުދޭ މިއީ 4 ވަނަ ފަހަރެވެ.