ހޭންޑްބޯލް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވުމަށް ނިންމާފައިވާ ހޭންޑްބޯލް ކޯޗިންގ ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިއަދު ނޫހަށް މަޢުލޫމާތު ދެއްވަމުން ހޭންޑްބޯލް މޯލްޑިވްސްގެ ނައިބު ރައީސް އަޙްމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ އެ ކޯހުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 17 ވަނަ ދުވަސް ކަމަށެވެ. މުޖޭ ވިދާޅުވީ އެގޮތަށް ނިންމީ އެ ކޯހުގައި ގިނަބަޔަކު ބައިވެރުވުމަށް އެދެމުންދާތީ، ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ.
މިމަހުގެ 19 އިން 28 އަށް މާލޭގައި ބާއްވާ މި ކޯހުގައި ކިޔަވައިދޭނީ ހޭންޑްބޯލް މޯލްޑިވްސްގެ ކޯޗިންގ ކޮމިޝަން ހެޑް ޢަލީ ސޮފީހު ސާމިރުއެވެ.
މިއީ ހޭންޑްބޯލް މޯލްޑިވްސް އިންމިއަހަރު ބާއްވާ ފުރަތަމަ ކޯޗިންގ ކޯހެވެ.