ޝާރުދާ އަދި އަރުޖުންގެ ހާފް ގާލް ފްރެންޑް މޭ 19 ގައި ރިލީޒް ކުރަނީ

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޝާރުދާ އަދި އަރުޖުންގެ ހާފް ގާލް ފްރެންޑް މޭ 19 ގައި ރިލީޒް ކުރަނީ
ބޮލީވުޑްގައި ކުރިއަރަމުން އަންނަ ކުޅަދާނަ ދެ ބަތަލުން ކަމަށްވާ ޝްރައްދާ ކަޕޫރު އަދި އަރްޖުން ކަޕޫރް ފެނިގެންދާ "ހާފް ގާލް ފްރެންޑް" މިއަހަރުގެ މޭ 19 ގައި ރިލީޒްކުރުމަށް ނިންމައިފިއެވެ.

"13 އެންޑް ހާފް ވީކްސް ޓު ގޯ ފޯ ހާފް ގާލްފްރެންޑް، 19 މޭ" މިހެން ޖެހުމަށް ފަހު އުފެއްދުންތެރި ގޮތަކަށް ހަދާފައިވާ މިފިލްމުގެ ޕޯސްޓަރެއް އަރްޖުން އަދި ޝްރައްދާ ވަނީ ޓްވިޓާގައި ޝެއާކޮށްފައެވެ.

ދެތަރިން ޝެއާކޮށްފައިވާ މި ޕޯސްޓަރުގައި ޖަހާފައިވާ " 13 އެންޑް ހާފް ޓިލް ދަ މޫވީ ރިލީޒް" އަކީ މި ފިލްމުގެ ނަމާ ގުޅުވާލައިގެން ކިޔާފައިވާ އެއްޗެކެވެ.

ޗޭތަން ބަގަތުގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްގެން ހަދާފައިވާ މިފިލްމުގައި މައިގަނޑު ގޮތެއްގައި ފެނިގެންދާނީ ބާސްކެޓްބޯޅަ ކުޅުމަށް ލޯބިވާ ދެ އެކުވެރިންގެ އެކުވެރިކަން ބާސްކެޓާ ހެދި އުތުރިއަރަގެންދާ ގޮތެވެ.

މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ" އޭކް ވިލަން" އަދި "އާޝިޤީ" ފަދަ ބޮލީވުޑްގައި ނަން ވިދާލާފައިވާ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ މޯހިތު ސޫރީކަން ފާހަގަކޮށްލެވެއެވެ. އަދި ހަމައެހެންމެ މިއީ އަރްޖުން އާއި ޝްރައްދާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމުކަން ވެސް ފާހަގަކޮށްލެވެއެވެ.
މިއަދު އޮންލައިން