ސްކޫޕްކަންމަތި ބަލިކޮށް އެފްސީ ފެލްކަން ކުރިއަށް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
ސްކޫޕްކަންމަތި ބަލިކޮށް އެފްސީ ފެލްކަން ކުރިއަށް
އޮންދިގޯ ސްޓްރީޓް ސޮކަރ 2017 ގައި އެފްސީފެލަކަންއާއި، ސްކޫޕްކަންމަތި ބައްދަލުކުރި މެޗު 2-0 ލަނޑުން އެފްސީފެލްކަން ކާމިޔާބުކޮށްފިއެވެ.

މިމެޗުގެ ލަނޑުތައް ޖަހައިފައިވަނީ ފެލްކަންގެ ޖާޒީނަމްބަރ 7 މުއާޒު ސައީދެއެވެ. މޭންއޮފްދަ މެޗަކަށް ހޮވިފައިވަނީވެސް އޭނާއެވެ.

ގަން ޕޮލިސްސްޓޭޝަން ކައިރީގައި އޮންނަ ޓެނިސް ކޯޓުގައި ކުރިއަށްދާ މިމުބާރާތަކީ ކޮންމެ އަހަރަކުވެސް ވަރަށް ފޯރިއާއެކު ކުރިއަށްދާ މުބާރާތެކެވެ. މިއީ ޒުވާނުންގެ މެދުގައި ކުޅިވަރަށް ލޯބި ޖައްސައި މުޖުތަމައުގެ އެކުވެރިކަން މިހާރަށްވުރެވެސް ބަދަހި ކުރުމުގެ މަގުސަދުގައި ބާއްވަމުން ގެންދާ މުބާރާތެކެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އޮންދިގޯއެވެ. ކޯ ސްޕޮންސަރަކީ ލިޓަސްއެވެ.
މިއަދު އޮންލައިން