ދިފޭދޫ ސްޕޯޓްސްއިން އިންތިޒާމް ކޮށްގެން ބާއްވާ “އޮންދިގޯ ސްޓްރީޓް ސޮކަރ 2017” ގެ ދެވަނަ މެޗުގައި ރޭ ބައްދަލުކުރީ މަރަދޫ ޔުނައިޓެޑާއި، ނޯނާސްޓްރީޓެވެ.
މިމެޗު ނިމުނީ 2-1 ލަނޑުން ނޯނާސްޓްރީޓް މެޗު ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ މޭންއޮފްދަމެޗަކަށް ހޮވިފައިވަނީ މަރަދޫ ޔުނައިޓެޑުގެ ޖާޒީނަމްބަރ 9 އަހުމަދު ތަލާލްއެވެ.
މި މުބާރާތަކީ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަށް އާލާކޮށް ކުޅިވަރުގެ ރޫހު ދިރުވުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. ޖުމްލަ 20 ޓީމް ވާދަކުރާ މި މުބާރާތުގައި ފައިނަލް މެޗާއެކު ޖުމްލަ 47 މެޗު ކުޅޭނެއެވެ. މިމުބާރާތުގެ ފައިނަލް ކުޅޭނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭގައެވެ. މިއީ ދިފޭދޫ ސްޕޯޓްސްއިން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތެކެވެ.
ދެހާސްއެގާރަވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ މި މުބާރާތުގެ މެއިން ސޮޕޮންސަރަކީ އޮންދިގޯއެވެ. ކޯސޮޕޮންސަރަކީ ލިޓަސްއެވެ. މީޑިއާ ޕާޓްނަރަކީ އޭއޯނިއުސްއެވެ.