“އޮންދިގޯ ސްޓްރީޓް ސޮކަރ 2017” ގެ ރޭގެ ތިންވަނަ މެޗުގައި ބައްދަލުކުރީ އެންމެފަހުގެ ޗެމްޕިއަން ހަބޭސްއާއި، މެޖެންޓާއެވެ.
މިމެޗުގައި މެޖެންޓާއިންވަނީ ހަބޭސްއަށް ލަނޑު ޖެހުމުގެ ފުރުސަތު ނުދީ އެޓީމް ހިފަހައްޓައިފައެވެ. މެޗު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއްނުޖެހި އެއްވަރު ވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މެޖެންޓާގެ ޖާޒީނަމްބަރ 7 އަބްދުﷲ ރިޒްމީން އެވެ.
ޖުމްލަ 20 ޓީމް ވާދަކުރާ މި މުބާރާތުގައި ފައިނަލް މެޗާއެކު 47 މެޗު ކުޅޭނެއެވެ. މިމުބާރާތުގެ ފައިނަލް ކުޅޭނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭގައެވެ. މިއީ ދިފޭދޫ ސްޕޯޓްސްއިން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތެކެވެ. މުބާރާތުގެ މެއިން ސޮޕޮންސަރަކީ އޮންދިގޯއެވެ.