ތްރީއޭގެ މައްޗަށް އެފްސީ އަފރިން ކާމިޔާބު ހޯދައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ތްރީއޭގެ މައްޗަށް އެފްސީ އަފރިން ކާމިޔާބު ހޯދައިފި
އައްޑޫސިޓީ ގަމުގައި މިހާރުކުރިއަށްދާ “އޮންދިގޯ ސްޓްރީޓް ސޮކާ 2017” ރޭގެ ރޭގެ ފަހު މެޗުގައި އެފްސީ އަފިރިންނާއި، ތުރީއޭ އެފްސީ ބައްދަލުކުރިމެޗު 1-0 އިން ކާމިޔާބުކުރީ އެފްސީ އަފިރިންއެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ އަފިރިންގެ ޖާޒީނަމްބަރ 14 އަހުމަދު ރީހާންއެވެ.

މި މުބާރާތަކީ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަށް އާލާކޮށް ކުޅިވަރުގެ ރޫހު ދިރުވުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. ޖުމްލަ 20 ޓީމް ވާދަކުރާ މި މުބާރާތުގައި ފައިނަލް މެޗާއެކު ޖުމްލަ 47 މެޗު ކުޅޭނެއެވެ. މިމުބާރާތުގެ ފައިނަލް ކުޅޭނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭގައެވެ. މިއީ ދިފޭދޫ ސްޕޯޓްސްއިން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތެކެވެ. މިއީ ސްޓްރީޓް ސޮކަރގެ ހަތްވަނަ މުބާރާތެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ އޮންދިގޯއެވެ. ކޯސްޕޮންސަރަކީ ލިޓަސްއެވެ. މީޑިއާ ޕާޓްނަރަކީ އޭއޯއެވެ.

މިމުބާރާތުގެ ކުޅުން މިރޭވެސް އޮންނާނެއެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ މަލްޓިޖީނިއަސްއާއި ޗެލެންޖާސްއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ފްރެންޑްސް ކުލަބާއި ކެނަރީފް އެފްސީއެވެ. ތިންވަމެޗުގައި ބައްދަކު ކުރާނީ ޔަންގްވަންސްއާއި ކަޅަބެންޗެވެ. ހަތަރުވަނަ މެޗުގައި ބައްދަލުކުރާނީ ޔަންގް މެޖެންޓާއި ހަބޭސް އެންޖީއެވެ.
މިއަދު އޮންލައިން