އައްޑޫސިޓީ ގަމުގައި މިހާރު ކުރިއަށްދާ "އޮންދިގޯ ސްޓްރީޓް ސޮކަރ 2017" މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މަލްޓިޖީނިއަސްއާއި ޗެލެންޖާސްއެވެ.
ގަން ޕޮލިސް ސްޓޭޝަން ކައިރީގައި އޮންނަ ޓެނިސް ކޯޓުގައި ކުޅުނު މިމެޗު ނިމުނީ ދެޓީމަށްކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ މަލްޓިޖީނިއަސްގެ ޖާޒީ ނަމްބަރ 6 ހަސަން ލައުހް (އޮންލީ) އެވެ.
މިރޭގެ ދެވަބަ މެޗުގައި ބައްދަލުކުރާނީ ފްރެންޑްސް ކުލަބާއި، ކެނަރީފް އެފްސީއެވެ.
މި މުބާރާތަކީ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަށް އާލާކޮށް ކުޅިވަރުގެ ރޫހު ދިރުވުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. ޖުމްލަ 20 ޓީމް ވާދަކުރާ މި މުބާރާތުގައި ފައިނަލް މެޗާއެކު ޖުމްލަ 47 މެޗު ކުޅޭނެއެވެ. މިމުބާރާތުގެ ފައިނަލް ކުޅޭނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭގައެވެ.
މިއީ ދިފޭދޫ ސްޕޯޓްސްއިން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތެކެވެ. މިއީ ސްޓްރީޓް ސޮކަރގެ ހަތްވަނަ މުބާރާތެވެ.