ފުރެންޑްސް ކުލަބުގެ މައްޗަށް ކެނަރީފް ގަދަވެގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
ފުރެންޑްސް ކުލަބުގެ މައްޗަށް ކެނަރީފް ގަދަވެގެންފި
އައްޑޫސިޓީ ގަމުގައި މިހާރު ކުރިއަށްދާ "އޮންދިގޯ ސްޓްރީޓް ސޮކަރ 2017" މިރޭގެ ދެވަނަ މެޗުގައި ފްރެންޑްސް ކުލަބާ ބައްދަލުކޮށް 1-0 ލަނޑުން ކެނަރީފް އެފްސީ މޮޅުވެއްޖެއެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މި މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިން ކުޅުންތެރިޔާ ކެނަރީފް އެފްސީގެ ޖާޒީނަމްބަރ 7 މުހައްމަދު ސަލާހެވެ.

މިރޭގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ޔަންގްވަންސްއާއި ކަޅަބެންޗެވެ.

މި މުބާރާތަކީ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަށް އާލާކޮށް ކުޅިވަރުގެރޫހު ދިރުވުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށް ދިފޭދޫ ސްޕޯޓްސް އިން މައުލޫމާތު ދެއްވިއެވެ.

މިމަހު ދިހަވަނަ ދުވަހުން ފަންސަވީސް ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މިމުބާރާތުގައި ޖުމްލަ 20 ޓީމް ވާދަކުރެއެވެ. މިމުބާރާތުގެ މައި ސްޕޮންސަރަކީ އޮންދިގޯއެވެ. ކޯސްޕޮންސަރަކީ ލިޓަސްއެވެ. މީޑިއާ ޕާޓްނަރަކީ އޭއޯނިއުސްއެވެ.

މުބާރާތް ކުރިއަށްދަނީ ވަރަށްގިނަ ފަރާތްތަކުގެ އެހީތެރިކަމާއެކު ކަމަށް ދިފޭދޫ ސްޕޯޓްސްއިން މައުލޫމާތު ދެއްވިއެވެ.
މިއަދު އޮންލައިން