މެދުއިރުމަތީގެ މައްސަލަތައް ހައްލުކުރަން ޓްރަމްޕާއެކު މަސައްކަތްކުރާނެ ކަމަށް ސައުދީން ބުނެފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
މެދުއިރުމަތީގެ މައްސަލަތައް ހައްލުކުރަން ޓްރަމްޕާއެކު މަސައްކަތްކުރާނެ ކަމަށް ސައުދީން ބުނެފި
މެދުއިރުމަތީގެ މައްސަލަތައް ހައްލުކުރަން ޓްރަމްޕާއެކު މަސައްކަތްކުރާނެ ކަމަށް ސައުދިއަރަބިޔާއިން ބުނެފިއެވެ.

ސައުދީ ޚާރިޖީ ވަޒީރު ވިދާޅުވީ މެދުއިރުމަތީގެ މައްސަލަތައް ހައްލުކުރެވޭނީ އެމެރިކާ އާއިވެސް އެކުގައި މަސައްކަތްކޮށްގެން ކަަމަށެވެ.

ފަލަސްޠީނުގެ މައްސަލަ ހައްލުކުރަން ޓްރަމްޕް އިއްޔެ ފައުޅުކުރި "2 ސްޓޭޓް ބޭނުމެއް ނޫން" ސިޔާސަތާއިމެދު އަލްޖުބައިރު ވިދާޅުވީ ކަންކަން ނިމޭ ގޮތް އެނގޭނީ މަޝްވަރާކުރުމުން ކަމަށެވެ.

"މެދިއިރުމަތީގައި ހައްލުނުވެ ދިގުލަމުންދާ ގިނަ މައްސަލަތަކެއް އެބަހުރި. އެމައްސަލަތައް ހައްލުކުރަން ކުރެވެން އޮތް ކޮންމެ މަސައްކަތެއް ކުރަންވެސް ސައުދިއަރަބިޔާ އޮތީ ތައްޔާރަށް. އެކަމަށް ވަރަށް ބޮޑަށް ބޭނުންވެގެން." ކަމަށްވެސް އަލްޖުބައިރު ވިދާޅުވިއެވެ.
މިއަދު އޮންލައިން