ޔަންގްވަންސްއާއި ކަޅަބެންޗުގެ މެޗު ލަނޑެއްނުޖެހި ނިމިއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
ޔަންގްވަންސްއާއި ކަޅަބެންޗުގެ މެޗު ލަނޑެއްނުޖެހި ނިމިއްޖެ
ދިފޭދޫ ސްޕޯޓްސް އިން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން ގެންދާ "އޮންދިގޯ ސްޓްރީޓް ސޮކަރ 2017" މިރޭ ޔަންގްވަންސާއި ކަޅަބެންޗް ބައްދަލުކުރި 0-0 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މެޗުގެ މޭންއޮފްދަ މެޗަކަށް ހޮވިފައިވަނީ ކަޅަބެންޗުގެ ޖާޒީނަމްބަރ 9 މުހައްމަދު ފަޒީލެވެ. މިރޭގެ ހަތަރުވަނަ މެޗުގައި ބައްދަލުކުރާނީ ޔަންގް މެޖެންޓާއި ހަބޭސް އެންޖީއެވެ. މިމެޗު ފަށާނީ މިރޭ 10:30 ގައެވެ.

މިމަހު ދިހަވަނަ ދުވަހުން ފަންސަވީސް ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މިމުބާރާތުގައި ޖުމްލަ 20 ޓީމް ވާދަކުރެއެވެ. އަދި ފައިނަލް މެޗާއެކު ޖުމްލަ 47 މެޗު ކުޅުމަށްވެސް ހަމަޖެހިފައިވެއެވެ. ފައިނަލް އޮންނާނީ މިމަހު 25 ވަނަ ދުވަހުގެ ރޭގައެވެ.

މިމުބާރާތުގެ މައި ސްޕޮންސަރަކީ އޮންދިގޯއެވެ. ކޯސްޕޮންސަރަކީ ލިޓަސްއެވެ. މީގެ އިތުރަށް މި މުބާރާތަށް އެހެން ފަރާތްތަކުންވެސް އެހީތެރިކަން ފޯކޮށްދޭ ކަމަށް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދެއްވިއެވެ.
މިއަދު އޮންލައިން