ޕާކިސްތާނުގައި ގިނަ އަދަދެއްގެ ސޫފީން އަޅުކަންކުރަން ތިބި ތަނަކަށް ޖާނުންފިދާވެގެން ދިން ހަމަލާއެއްގައި 75 މީހުން މަރާލައި 200 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފިއެވެ.
ލާލް ޘާހްބާޒް ޤްލަންދަރު ސޫފީ ޒިޔާރަތަށް މިރޭ ދިން މިހަމަލާގެ ޒިންމާ އައިސް އިން ވަނީ ނަގައިފައެވެ.
މިޒިޔާރަތް ހުންނަ ސަރަހައްދާއި އެންމެ ކައިރީގައި ހޮސްޕިޓަލެއް ހުންނަނީވެސް 70 ކިލޯ މީޓަރު ދުރުގައެވެ. އަދި އެ ހޮސްޕިޓަލަކީ މިފަދަ ކަމެއްގައި ބޭނުންކުރާނެ އެއްވެސް ވަސީލަތެއްވެސް ހުންނަ ހޮސްޕިޓަލެއް ނޫނެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިޒިޔާރަތުގައި އަޅުކަން ކުރުމަށް ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ އެތައް ހާސްބައަކު އެތަނަށް ޖަމާވެއެވެ. އައިއެސް އިން ގެންދަނީ މިފަދަ ތަންތަނަށް ހަމަލާދެމުންނެވެ.