ދެކުނު ބަޣްދާދްގައި ބޮޑު ގޮއްވާލުމެއް ގޮއްވާލައި 55 މީހުން މަރާލައިފިއެވެ. ޒަޚަމްވި މީހުންގެ އަދަދު އަދި ލިބިފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ގޮއްވާލާފައިވަނީ ގޮވާތަކެތި އަރުވާފައި އޮތް ވެހިކަލެކެވެ.
ގޮވުމުގެ ބާރުގަދަކަމުން މުޅި އެސަރަހައްދަށް ލޮޅުންއެރިއެވެ. މިހަމަލާގެ ޒިންމާ އައިއެސް އިން ވަނީ އުފުލައިފައެވެ.
މިހަމަލާ ދިފައިވަނީ ބޭނުންކޮށްފައި ހުންނަ ކާރުފަދަ ތަކެތި ވިއްކާ ސަރަހައްދެއްގަވެ. ވިއްކުމަށްޓަކައި އެ ސަރަހައްދުގައި އަބަދުވެސް ގިނަ އަދަދެއްގެ ކާރުފަދަ ތަކެތި ޕާކްކޮށްފައި ހުރެއެވެ. އަދި އެއީ ވިޔަފާރީގެ މަޝްވަރާތައް ކުރަން އެތައް ބައިވަރު ބައަކު އަބަދުވެސް މަޑުކޮށްގެން ތިބޭ ސަރަހައްދެކެވެ.
ގޮވުމުގެ ބާރުގަދަކަމުން ސަރަހައްދުގައި ވަނީ ވަޅުގަނޑެއްވެސް އުފެދިފައެވެ.