ޓެރަރިސްޓުންގެ 4 ސެލް އެއް ހޯދައި 18 ޓެރަރިސްޓުން އަތުލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ޓެރަރިސްޓުންގެ 4 ސެލް އެއް ހޯދައި 18 ޓެރަރިސްޓުން އަތުލައިގެންފި
ސައުދިއަރަބިޔާގައި ފިލައި ތިބި ޓެރަރިސްޓުން ހޯދުމަށް ސައުދީ ސަލާމަތީ ބާރުތަކުން ހިންގެމުން ގެންދާ އޮޕަރޭޝަން ތަކުގައި ޓެރަރިސްޓުންގެ 4 ސެލްއެއް ހޯދައި 118 ޓެރަރިސްޓުން ހައްޔަރުކޮށްފިއެވެ.

މިސެލްތައް ހޯދައި މީހުން ހައްޔަރުކޮށްފައިވަނީ، ޖިއްދާ، މައްކާ، މަދީނާ، ރިޔާޛް އަދި އަލްޤަސަމުންނެވެ.

ސައުދީ ހޯމް މިނިސްޓްރީން ބުނެފައިވަނީ އަތުލައިގަނެވުނު މީހުންގެ ތެރޭގައި ޓެރަރިސްޓުންނަށް އެކިގޮތްގޮތުން އެހީވާ މީހުން ހިމެނޭ ކަމަށައި އެއިގެ ތެރޭގައި ޓެރަރަރިސްޓުންނަށް ހިމާޔަތްދީ ފިލުވަން މަސައްކަތްކޮށްފައިވާ މީހުންވެސް ހިމެނޭ ކަމަށެވެ.

އަތުލައިގެނެވުނު މީހުންގެ ތެރޭގައި ހިމެނެނީ ޔަމަނުގެ 2 މީހުންނާއި ސުދާންގެ މީހަކާއި އަދި ސައުދިއަރބިޔާގެ 15 މީހުންނެވެ.

މިއޮޕަރޭޝަންތަކުގައި ހަތިޔާރާއި ފައިސާ އާއި އެނޫންވެސް ބައެއް ތަކެތި ވަނީ އަތުލައިގަނެވިފައެވެ.
މިއަދު އޮންލައިން