ތްރީއޭއެފްސީއައި ޑީސީ ސްޕޯޓްސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
ތްރީއޭއެފްސީއައި ޑީސީ ސްޕޯޓްސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ
ދިފޭދޫ ސްޕޯޓްސް އިން އިންތިޒާމް ކޮށްގެން އައްޑޫސިޓީ ގަމުގައި މިހާރު ކުރިއަށްދާ "އޮންދިގޯ ސްޓްރީޓް ސޮކަރ 2017" މިރޭގެ ފަހުގެ މެޗުގައި ބައްދަލުކުރީ ތްރީއޭ އެފްސީއާއި، ޑީސީ ސްޕޯޓްސްއެވެ.

މިމެޗު ނިމުނީ 1-1 ލަނޑުން އެއްވަރު ވެގެންނެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ތްރީއޭ އެފްސީގެ ޖާޒީނަމްބަރ 17 އިބްރާހީމް ޝަނޫނެވެ.

މިމުބާރާތުގެ 4 މެޗު މާދަމާރޭވެސް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޗެލެންޖާސްއާއި އެފް ފެލްކޮންއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ކެނަރީފް އެފްސީއާއި މަރަދޫ ޔުނައިޓެޑެވެ. ތިންވަނަ މެޗުގައި ބައްދަލުކުރާނީ ކަޅަބެންޗާއި، ހަބޭސް އެވެ. ހަތަރުވަނަ މެޗުގައި ބައްދަލުކުރާނީ ހަބޭސް އެންޖީއާއި، އެފްސީ އަފިރިންއެވެ. މާދަމާރޭގެ މެޗުތައްވެސް ފަށާނީ 20:15 ގައެވެ.

މިމުބާރާތުގެ މައި ސްޕޮންސަރަކީ އޮންދިގޯއެވެ. ކޯސްޕޮންސަރަކީ ލިޓަސްއެވެ. މީޑިއާ ޕާޓްނަރަކީ އޭއޯނިއުސްއެވެ.
މިއަދު އޮންލައިން