ދިފޭދޫ ސްޕޯޓްސް އިން އިންތިޒާމް ކޮށްގެން އައްޑޫސިޓީ ގަމުގައި މިހާރު ކުރިއަށްދާ "އޮންދިގޯ ސްޓްރީޓް ސޮކަރ 2017" މިރޭގެ ތިންވަނަ މެޗުގައި ބައްދަލުކުރީ އެސްއެމްޓީއާއި، މެޖެންޓާއެވެ.
މިމެޗު 1-0 ލަނޑުން މެޗު ކާމިޔާބުކޮށް އެސްއެމްޓީންވަނީ ކުއާޓާފައިނަލުގެ ފުރުސަތު ބޮޑުކޮށްފައެވެ. މި މެޗުން މެޖެންޓާ ބަލިވުމުން އެމީހުން ޖެހެނީ މާދަމާރޭގެ މެޗުތަކަށް އިންތިޒާރު ކުރާށެވެ. އެސްއެމްޓީއަށްވެސް ކުއާޓާގެ ފުރުސަތު ކަށަވަރުވާނީ މާދަމާރޭގެ މެޗުތަކަށްފަހުއެވެ.
މިރޭގެ މެޗުގައި އެސްއެމްޓީއަށް ލަނޑު ޖަހައިދިނީ އެޓީމްގެ ޖާޒީނަމްބަރ 9 އަބްދުﷲ ވާއިޒެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީވެސް އޭނާއެވެ.
މިރޭގެ ފަހުމެޗުގައި ބައްދަލުކުރާނީ ތުރީއޭ އެފްސީއާއި، ޑީސީ ސްޕޯޓްސްއެވެ.