އައްޑޫ ސިޓީ ގަމުގައި މިހާރު ކުރިއަށްދާ "އޮންދިގޯ ސްޓްރީޓް ސޮކަރ 2017" މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ އެފްސީ ޒެފިއާއި، ނޯނާ ސްޓްރީޓެވެ.
މިމެޗު 1-0 އިން ކާމިޔާބުކުރީ އެފްސީ ޒެފިއާއެވެ. އެޓީމަށް ލަނޑު ޖަހައިދިނީ އެޓީމްގެ ޖާޒީނަމްބަރ 6 އަލީ ހަބީބެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކީވެސް އޭނާއެވެ.
މިރޭގެ ތިންވަނަ މެޗުގައި މިހާރު ކުޅެމުންދަނީ އެސްއެމްޓީއާއި، މެޖެންޓާއެވެ.
މި މުބާރާތުގައި ފައިނަލް މެޗާއެކު ޖުމްލަ 47 މެޗު ކުޅޭނެއެވެ. މިމުބާރާތުގެ ފައިނަލް ކުޅޭނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭގައެވެ. މިއީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވުމުގެ މަގުސަދުގައި ދިފޭދޫ ސްޕޯޓްސްއިން ބާއްވާ މުބާރާތެކެވެ.
މިމުބާރާތުގެ މެއިން ސްޕޮންސަރަކީ އޮންދިގޯއެވެ. ކޯސްޕޮންސަރަކީ ލިޓަސްއެވެ. މީޑިއާ ޕާޓްނަރަކީ އޭއޯއެވެ.