އައްޑޫ ސިޓީ ގަމުގައި މިހާރު ކުރިއަށްދާ "އޮންދިގޯ ސްޓްރީޓް ސޮކަރ 2017" މިރޭ ކުޅުނު ފުރަތަމަ މެޗު ސްކޫޕްކަންމަތި ކާމިޔާބު ކޮށްފިއެވެ.
މި މެޗުގައި އެޓީމް ވާދަކުރީ އެފްސީހޯޕާއެވެ. އެ ޓީމް މިމެޗުން މޮޅުވެފައިވަނީ 1-0 އިންނެވެ. ކާމިޔާބުކުރީ ސްކޫޕްކަންމައްޗެވެ. މިމެޗުގެ ހަމައެކަނި ލަނޑު ޖަހައިފައިވަނީ ސްކޫޕްކަންމަތި ޓީމްގެ ޖާޒީ ނަމްބަރ 10 އަހުމަދު ޝިފާން ސާދިގެވެ. މޭންއޮފްދަ މެޗަކަށް ހޮވިފައިވަނީވެސް އޭނާއެވެ.
މިރޭގެ ދެވަނަ މެޗުގައި މިހާރު ކުޅެމުންދަނީ އެފްސީ ޒެފިއާއި، ނޯނާ ސްޓްރީޓެވެ.
މި މުބާރާތުގައި ފައިނަލް މެޗާއެކު ޖުމްލަ 47 މެޗު ކުޅޭނެއެވެ. މިމުބާރާތުގެ ފައިނަލް ކުޅޭނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭގައެވެ.