ހަފްތާ ބަންދު ހޭދަކޮށްލަން ދިއުމަށްފަހު ޓްރަމްޕް ފުރަތަމަ ކުރި ކަމަކީ އިނގިރޭސިބަހުން ލިޔެ 140 އަޖުރުގެ މެސެޖެއް ޢާންމުކުރުމެވެ. އެމެސެޖުގައި ބުނެފައިވަނީ "ނިޔުޔޯކް ޓައިމްސް އާއި އެންބީސީ ނިޔުސް އާއި އޭބީސީ އާއި ސީބީއެސް އާއި ސީއެންއެން އަކީ މަގޭ ހަތުރުންނެއް ނޫން. އެއީ އެމެރިކާ ރައްޔިތުންގެ ހަތުރުން." ކަމަށެވެ.
ޓްރަމްޕްގެ ބްލެކް ލިސްޓުގައި ކުރިން ހިމެނީ ނިވްޔޯކްޓައިމްސް އާއި ސީއެންއެން އާއި އެންބީސީ އަދިވެސް އިތުރު މީޑިއާތައް ކަމަށެވެ. ތަފްސީލް ދީފައިވަނީ ފަހުންނެވެ. ޓްރަމްޕް ބުނީ އެ މީޑިއާތަކާއި ހެދި އޭނާ "ވަރުބަލި ނުވަތަ ބަލި" ވެއްޖެ ކަމަށެވެ.
ޓްރަމްޕުގެ ވެރިކަމުގެ ހަތަރު ހަފްތާ ތެރޭގައި މީޑިއާތަކުން ކަވަރުކުރި ކަންކަމުގެ ތެރޭގައި އޭނާގެ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރު ބޭރުވާންޖެހުމާއި މަޤާމް ހުށަހެޅި މީހާ މަޤާމް ޤަބުލުނުކުރުމާއި ވިސާގެ މައްސަލައިގައި އެމެރިކާގެ ކޯޓުތަކުން "ސައްޕަޖެހުން" ފަދަ ކަންކަން ފާހަގަކުރެވެއެވެ. މިކަންކމަކީ އެއްވެސް ޤައުމެއްގެ ސަރުކަރުގައި ޢާންމު ކަންކަމެއް ނޫނެވެ. އެހެންކަމުން ދުނިޔޭގެ ނޫސްތަކުން ގެންދަނީ މިކަންކަން ފާހަގަކުރަމުންނެވެ.
The 70-year-old Trump built his campaign on criticizing the press as biased. In addition to regularly accusing the media of overstating his setbacks, he has also accused journalists of failing to show sufficient respect for his accomplishments. On Thursday, he launched a long diatribe at a grievance-filled news conference, in which he blamed the media for his one-month-old administration’s problems. In four weeks, Trump has seen his national security adviser ousted, a cabinet nominee withdraw, a centerpiece immigration policy fail in the courts and a tidal wave of damaging leaks
ޓްރަމްޕް ފަދަ ވެރިއަކަށް ދުނިޔޭގެ އެއްވެސް މީޑިއާއެއް ކަމަކުނުދާނެއެވެ. އެއީ އެންމެންނަށް އެނގޭ ކަމެކެވެ. ފޮކްސް ނިޔުސްގެ ވާހަކަ ނުބުނީ ޔަހޫދީން އެއިރުން ޓްރަމްޕް ފަހައި ދުވާނެތީ ކަމަށް ބެލެވެއެވެ.
The FAKE NEWS media (failing @nytimes, @NBCNews, @ABC, @CBS, @CNN) is not my enemy, it is the enemy of the American People!
— Donald J. Trump (@realDonaldTrump) February 17, 2017