އައްޑޫސިޓީ ގަމުގައި މިހާރު ކުރިއަށްދާ އޮންދިގޯ ސްޓްރީޓް ސޮކަރގެ މިރޭ ކުޅުމަށް ހަމަޖެހިފައިއޮތް 4 މެޗު މޫސުން ތަން ނުދިނުމުގެ ސަބަބުން ފަސް ކޮށްފިއެވެ.
މުބާރާތް އިންތިޒާމް ކުރާ ދިފޭދޫ ސްޕޯޓްސްއިން މައުލޫމާތު ދިން ގޮތުގައި މިމެޗުތައް ދެން ކުޅޭނެ ދުވަހެއް ފަހުން އަންގާނެ ކަމަށެވެ.
މިމެޗުތަކަށްފަހު މުބާރާތުގެ ކުއާޓާފައިނަލަށް ބައެއް ޓީމް ދަތުރުކުރާނެއެވެ. އެހެންނަމަވެސް މި މެޗު ފަސް ކުރުމުން މުބާރާތުގެ ތާވަލަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް މުބާރާތް އިންތިޒާމް ކުރާ ފަރާތުން އެކަމަށް އަދި ގޮތެއް ނުނިންމައެވެ.