މެލޭސިޔާގައި އިސްލާމީ ހައްދުތައް މިހާރަށްވުރެ ހަރުކަށިކޮށް އަދި ބޮޑެތި ކޮށްދިނުމަށް އެދި އެތައް ޙާސް ބައަކު ކުއާލަލަމްޕޫރުގެ މަގުތަކުގައި މުޒާހަރާކޮށްފިއެވެ.
މުޒާހަރާކުރި މީހުން ބުނަމުން ގެންދިއައީ މެލޭސިޔާގެ އިސްލާމީ ކޯޓުތަކުން މިހާރު އަދަބު ދެނީ ނަމެއްގައި ކަމަށާއި އެކަން ބަދަލުކުރަންޖެހޭ ކަމަށެވެ.
މެލޭސިޔާގެ ކޯޓުތަކުން މިހާރު ދޭ އަދަބުތަކުގެ ތެރޭގައި ހައްދު ޖަހަނީ އެންމެ 6 ފަހަރުއެވެ. ޖަލަށް ލަނީ އެންމެ 3 އަހަރަށެވެ. ޖުރުމަނާ ކުރަނީ އެންމެ 1،100 ޑޮލަރުންނެވެ. މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙުގައި 100 އެތިފަހަރުން ހައްދު ޖެހުމާއި 30 އަހަރާއި ހަމައަށް ޖަލަށްލުމާއި 22،000 ޑޮލަރުން ޖުރުމަނާކުރުން ހިމެނެއެވެ.
ދަނބުކުލައިގެ ފޭރާން ލައިގެން މިއަދުގެ މުޒާހަރާގައި ބައިވެރިވީ މަޖިލީީހަށް އިޞްލާޙްތައް ހުށަހަޅާފައިވާ ޕޭން-މެލޭސިއަން އިސްލާމިކް ޕާޓީގެ މެންބަރުންނެވެ. އެޕާޓީން ބުނެފައިވަނީ އަދަބުތައް ބަދަލުނުކޮށް މެލޭސިޔާގައި އިސްލާމް ދީން ހިމާޔަތްކުރެވެން ނެތް ކަމަށެވެ.