އީރާނަށް ވާރެއާ ހިރަފުހުގެ ޠޫންފާންތަކެއް: ފެންބޮޑުވެ ޑޭމެއް ހަލާކުވެ، ސެލްފީ ނަގަން އުޅުނު މީހަކު މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
އީރާނަށް ވާރެއާ ހިރަފުހުގެ ޠޫންފާންތަކެއް: ފެންބޮޑުވެ ޑޭމެއް ހަލާކުވެ، ސެލްފީ ނަގަން އުޅުނު މީހަކު މަރުވެއްޖެ
އީރާނަށް ކުރި ވިއްސާރައިގައި ކޯރުތައް ފުރި ޑޭމެއް ހަލާކުވެގެން ލިބުނު ގެއްލުންތަކުގައި އެއިރު އެތަނުގައި ސެލްފީ ނަގަން ހުރި މީހަކު މަރުވެއްޖެއެވެ. މިހާދިސާގައި އެކި ސަރަހައްދުތަކުން ޖުމުލަ 7 މީހަކު ވަނީ މަރުވެފައެވެ.

ރިޕޯޓްތައް ބުނާގޮތުން ސެލްފީ ނަގަން ހުރި މީހާ ވަނީ އޮޔާ ގެންގޮސްފައެވެ. އަދިވެސް އޭނާގެ ހަށިގަނޑެއް ނުފެނެއެވެ. އެއީ 40 އަހަރުގެ ފިރިހެނެކެވެ.

މިކާރިސާގައި ޖިގޮޓި އަވަށުގެ ގިނަ ގެތަކެއްވެސް ވަނީ ހަލާކުވެގެން ގޮސްފައެވެ. މި ސަރަހައްދުގައި ފެން ބޮޑުވެ މައްސަލަތައް އުފެދިފައިވާއިރު އިރާނުގެ އިރާޤު ބޯޑަރާއި ކައިރީ ސަރަހައްދުތަކަށް ވަނީ ހިރަފުހުގެ ޠޫފާނެއް އައިސްފައެވެ. މިޠޫފާނުގައި ހިރަފުސްތައް ބޯވެ ކާރުތައްވެސް ދަނީ ވަޅުލެވެމުންނެވެ.
މިއަދު އޮންލައިން