ވީޑިއޯ ބައްލަވާ- ބައްޕާ އަހަރެން ގެންދޭ! އަހަރެންގެ ދެފައި ބޮން ގޮއްވާލައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ވީޑިއޯ ބައްލަވާ- ބައްޕާ އަހަރެން ގެންދޭ! އަހަރެންގެ ދެފައި ބޮން ގޮއްވާލައިފި!
"ބައްޕާ! އަހަރެންގެ ދެފައެއް ނެތް- އަހަރެން ގެންދޭ! އަހަރެންގެ ދެފައި ބޮންގޮއްވާލައިފި!" މިއީ ސީރިޔާގެ އިދްލީބްގައި ދިރިއުޅޭ އުމުރުން 9 އަހަރުގެ އަބްދުލް ބާޞިތުގެ ރުއިމުގެ އަޑެވެ.

އަބްދުލްބާޞިތު މަގުމަތިން ދަނިކޮށް ބަޝާރުލް އަސަދުގެ ސިފައިން ގޮއްވާލި ބެރަލް ބޮމެއްގެ ޝިކާރައަކަށްވެ އޭނާގެ ދެފައި ގެއްލުނީއެވެ.

"އަހަރެމެން ތިބީ މަގުމަތީގަ ކާން. ބޮން ފުރޮޅެމުން އަންނަތަން ފެނުނީމަ ބައްޕަ ބުނީ އަވަހަށް ގެއަށް ވަންނާށޭ. ގެއަށް ވަންނަން ގޮސްގޮސް ހުއްޓާ އަހަރެމެންނާ ހަމަވެފަ ބޮން ގޮވީ. ދެން އަހަރެން ރުއީ، ބައްޕަ އައިސް އަހަރެން ނަގައިގެން ހޮސްޕިޓަލަށް ގެންދިއައީ ." މިދިއަ ބުރާސްފަތި ދުވަހު ހިނގި ހާދިސާ ހިނގޮތް ޢަބްދުލްބާޞިޠު ކިޔައިދިނެވެ.

ހޮސްޕިޓަލުގައި ފަރުވާ ދެވެން ނެތުމުން ތުރުކީން މިހާރު ވަނީ އަބްދުލްބާޞިޠު އާއި އޭނާގެ ބައްޕަ ތުރުކީއަށް ގެންގޮސްފައެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން