އޭއެފްސީ ކަޕްގައި އަންނަ އަންގާރަ ދުވަހު ވެލެންސިއާ އާދެކޮޅަށް ކުޅޭ މެޗުގައި މޯހަން ބަގާންގެ ކޯޗާއި މުހިންމު ކުޅުންތެރިން ނުފެންނާނެ ކަމަށް މޯހަން ބަގާން އިން ބުނެފިއެވެ.
އިންޑިއާގެ އައި-ލީގުގައި ޑީއެސްކޭއާއި ބައްދަލުކުރި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު ސަންޖޯއީ ސެން ބުނީ އެންމެ ފަހުން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ފުލް ޓީމާއެކުވެސް ރަނގަޅު ނަތީޖާއެއް ނުނެރެވުނު ކަމަށެވެ.
އެހެންނަމަވެސް އޭނާ ބުނީ ޓީމާއެކު ރާއްޖެ ނާންނަނީ އެ ސަބަބާހެދި ނޫން ކަމަށާއި އޭނާ ނާންނަނީ އޭނާގެ ޢާއިލާގެ ގާތްމީހަކު މަރުވުމާއި ގުޅިގެން ކަމަށެވެ.
އޭއެފްސީ ކަޕް ޕްލޭއޮފްގައި ރާއްޖޭގެ ވެލެންސިއާއާއިއިންޑިޔާގެ މޯހަން ބަގާން މާލޭގައި ކުޅޭ މެޗަށްމޯހަންބަގާންގެޓީމްމިއަދު މާލެ އަންނާނެއެވެ.
ކޯޗުގެ އިތުރުން އެޓީމުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ހިމެނޭއިންޑިޔާގެ ޤައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެއް ކަމަށްވާ ޖޭޖޭ ލާލްޕެކުލުއާ އާއި މޯހަންބަގާންގެފުރަތަމައެގާރައިގާ އަބަދުވެސް ހިމަނާ 5 ކުޅުންތެރިންވެސް ޓީމާއެކު މާލެ ނާންނާނެ ކަމަށް އެޓީމުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި އެޓީމުގެ އެއް ނަމްބަރު ކީޕަރު ޑެބިޖީތުމަޖުންދާރު ހިމެނެއެވެ.
އަންނަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ކުޅޭ މިމެޗުގައި މޯހަން ބަގާންއަށް އިރުޝާދު ދޭނީ އެސިސްޓެންޓްކޯޗް ޝަންކަރުލާލް ޗަކްރަބަތީއެވެ.