އިންޓަރ ކޮލެޖް ބީޗް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ވިލާ ކޮލެޖާއި ޤައުމީ ޔުނިވަރސިޓީން ހޯދައިފި

ކިޔުމަށް ހޭދަވާނީ 1މ 29ސ
އިންޓަރ ކޮލެޖް ބީޗް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ވިލާ ކޮލެޖާއި ޤައުމީ ޔުނިވަރސިޓީން ހޯދައިފި
އިންޓަރ ކޮލެޖް ބީޗް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ވިލާ ކޮލެޖާއި ޤައުމީ ޔުނިވަރސިޓީން ހޯދި އިރު، އިންޓަރ ސްކޫލް 16 އަހަރުންދަށުގެ ބީޗް ވޮލީ މުބާރަތުގެ ދެ ޖިންސުގެ ޗެމްޕިއަންކަންވެސް ބ. ގޮއިދޫ ސްކޫލުން ހޯދައިފިއެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މި ދެމުބާރާތުގެ ތެރެއިން ކޮލެޖް އަދި ޔުނިވަރސިޓީއަށް ބޭއްވި އިންޓަރ ކޮލެޖް ބީޗް ވޮލީ މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ވިލާ ކޮލެޖުން ހޯދީ ޤައުމީ ޔުނިވަރސިޓީ އާބައްދަލުކޮށްގެންނެވެ. ތިންވަނަ ހޯދީމައި ކޮލެޖްއެވެ. އަންހެންޗެމްޕިއަންކަން ޤައުމީ ޔުނިވަރސިޓީން ހޯދީ ވިލާ ކޮލެޖެވެ. ތިންވަނަ ހޯދީ މައި ކޮލެޖްއެވެ.

ސްކޫލު ވޮލީ މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަގޮއިދޫ ސްކޫލުން އެ މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ބައިގެޗެމްޕިއަންކަން ހޯދީ ފައިނަލުގައި އިމާދުއްދީން ސްކޫލުބަލިކޮށްގެންނެވެ. ތިންވަނައަށް ދިޔައީ ތާޖުއްދީން ސްކޫލެވެ. އެއުމުރުފުރައިގެ ފިރިހެންބައިގެ ދެވަނަ ޓީމަކީވެސް އިމާދުއްދީން ސޫކޫލެވެ.ތިންވަނައަށް ދިޔައީ ތާޖުއްދީން ސްކޫލެވެ.

މިމުބާރާތުގެ 19 އަހަރުންދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ވިލާއިންޓަރނޭޝަނަލް ހައި ސްކޫލުން ވަނީ ހޯދައިފައެވެ. ފިރިހެން ބައިގެޗެމްޕިއަންކަން ވީއައިއެޗްއެސް ހޯދީ ފައިނަލުގައި މަޖީދިއްޔާ ސްކޫލުބަލިކޮށްގެންނެވެ. ފިރިހެން ބައިގެތިންވަނަ ހޯދީ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިންނެވެ.

އަންހެން ބައިން 19އަހަރުންދަށުގެ ޗެމްޕިއަންކަން ސެންޓަރ ފޯ ހަޔަރ ސެކަންޑަރީއެޑިއުކޭޝަން ހޯދި އިރު،ރަނަރ-ރަލް އަކީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް އަދި ތިންވަނަ ހޯދީ މެޕްސް އިންޓަރނޭޝަނަލް ހައި ސްކޫލެވެ.
މިއަދު އޮންލައިން