ކުއާޓާގެ ފުރަތަމަ ޖާގަ އެފްސީ ފެލްކަން ހޯދައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
ކުއާޓާގެ ފުރަތަމަ ޖާގަ އެފްސީ ފެލްކަން ހޯދައިފި
އައްޑޫ ސިޓީ ގަމުގައި މިހާރު ކުރިއަށްދާ އޮންދިގޯ ސްޓްރީޓް ސޮކަރ 2017 ގެ ކުއާޓަރފައިނަލްގެ ފުރަތަމަ ޖާގަ އެފްސީ ފެލްކަން ކަށަވަރު ކޮށްފިއެވެ.

އެޓީމް ކުއާޓާގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ މިރޭ ޗެލެންޖާސްއާ ބައްދަލުކުރި މެޗު 2-0 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ. އެޓީމަށް ލަނޑު ޖަހައިދީފައިވަނީ އެ ޓީމްގެ ޖާޒީ ނަމްބަރ 5 ހަސަން ހަނީފާއި ޖާޒީ ނަމްބަރ 9 މުހައްމަދު ޝިފާހުއެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިފައިވަނީ އެފްސީ ފެލްކަންގެ މުހައްމަދު ޝިފާހުއެވެ.

މިރޭގެ ދެވަނަ މެޗުގައި މިހާރު ކުޅެމުންދަނީ މަރަދޫ ޔުނައިޓެޑާއި، ކެނަރީފް އެފްސީއެވެ.

މިއީ ޒުވާނުންގެ މެޗުގައި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވައި އެކުވެރިކަން ބަދަހި ކުރުމުގެ މަގުސަދުގައި ދިފޭދޫ ސްޕޯޓްސްއިން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތެކެވެ. މިމުބާރާތުގެ މައި ސްޕޮންސަރަކީ އޮންދިގޯއެވެ. ކޯ ސްޕޮންސަރަކީ ލިޓަސްއެވެ.
މިއަދު އޮންލައިން