އައްޑޫގައި މިހާރުކުރިއަށްދާ އޮންދިގޯ ސްޓްރީޓް ސޮކަރ 2017 ގައި މިރޭ ކެނަރީފް އެފްސީއާއި، މަރަދޫ ޔުނައިޓެޑް ބައްދަލުކުރި މެޗު ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.
މިމެޗުގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ މަރަދޫ ޔުނައިޓެޑުގެ ޖާޒީ ނަމްބަރ 11 ހަސަން މުފީދެވެ.
މިއީ ޒުވާނުންގެ މެޗުގައި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވައި އެކުވެރިކަން ބަދަހި ކުރުމުގެ މަގުސަދުގައި ދިފޭދޫ ސްޕޯޓްސްއިން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތެކެވެ. މިއީ 2011 ވަނައަހަރުން ފެށިގެން ބާއްވަމުން ގެންދާ ފޯރިގަދަ މުބާރާތެކެވެ.
މިރޭގެ ތިންވަނަ މެޗުގައި މިހާރު ކުޅެމުންދަނީ ހަބޭސްއާއި ކަޅަބެންޗާއެވެ.