ޓްރަމްގެ 3 ދަރިން ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް ބަލައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޓްރަމްގެ 3 ދަރިން ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް ބަލައިފި!
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓް ކުރުމަށް ހުރި ފުރުޞަތުތައް ބެލުމަށް އެމެރިކާގެ ރައީސް ޓްރަމްޕްގެ 3 ދަރިން ރާއްޖެއަށް ޒިޔާރަތްކޮށްފި ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ހާމަކޮށްފިއެވެ.

ޚަބަރުގައިވާ ގޮތުން ޑޮނަލްޑް ޓްރަމްޕް ޖޫނިއަރ އާއި އޭނާގެ ބޭބެ އެރިކް ޓްރަމްޕް ރާއްޖެއަށް ޒިޔާރަތްކުރީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. އަދި ދެބެއިން 4 ދުވަހު ތިބެފައިވަނީ ދ. އަތޮޅުގައި އޮންނަ ނިޔާމަ ރިޒޯޓުގައެވެ.

ޚަބަރުތައް ބުނާ ގޮތުން އެއިގެ ކުރިން ޓްރަމްޕް ޖޫނިއަރ ވަނީ އޭނާގެ ދައްތަ އިވާންކާ ޓްރަމްޕާއިއެކު ހަމަ މިފަދަ ދަތުރެއް ރާއްޖެއަށް ކޮށްފައެވެ، އެހެންކަމުން ޓްރަމްޕުގެ ވިޔަފާރި ރާއްޖޭގައި ފެށުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ބެލެވެއެވެ.

އެމެރިކާގެ ރައީސް ކަމާއި ބައްޕަ ޓްރަމްޕް ހަވާލުވުމާއި ގުޅިގެން ބައްޕަ ޓްރަމްޕުގެ ވިޔަފާރި ހިންގުމާއި ހަވާލުވެފައިވަނީ 3 ދަރިންނެވެ.

ޓްރަމްޕު ގެންދަނީ އިންޑިއާގެ މުމްބާއީގައިވެސް ފްލެޓް ޓަވަރުތަކެއް އަޅައި އިންވެސްޓްކުރަމުންނެވެ.
މިއަދު އޮންލައިން