ކުލަބް އެމްޓީސީސީ ފުޓްސަލް ކަޕް – ޕަވަރޑް ބައި ސުޒުކީ ފަށައިފި

ކިޔުމަށް ހޭދަވާނީ 37ސ
ކުލަބް އެމްޓީސީސީ ފުޓްސަލް ކަޕް – ޕަވަރޑް ބައި ސުޒުކީ ފަށައިފި
ކުލަބް އެމްޓީސީސީ ފުޓްސަލް ކަޕް 2017 – ޕަވަރޑް ބައި ސުޒުކީގެ ނަމުގައި ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ފުޓްސަލް މުބާރާތް ފަށައިފިއެވެ.

މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ މި މުބާރާތުގައި އެ ކުންފުނީގެ އެކި ޑިޕާޓްމެންޓުން ފިރިހެން 15 ޓީމާއި އަންހެން 4 ޓީމު ވަނީ ބައިވެރިވެފައެވެ.

މާފަންނު ޓާރފް ދަނޑުގައި ކޮންމެ ރެއެއްގެވެސް ނުވަޔަކުން ބާރަ ޖަހަންދެން ކުރިއަށް ގެންދާ މި މުބާރާތަކީ ކުރިއަށް އޮތް ކުލަބް މޯލްޑިވްސް ކަޕަށް ތައްޔާރުވުމަށާއި މުއައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވާ ކަސްރަތާއި ކުޅިވަރު ކުޅެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ.
މިއަދު އޮންލައިން