"އޮންދިގޯ ސްޓްރީޓް ސޮކަރ 2017" ގެ ކުއާޓާފައިނަލުގެ ޖާގައެއް އެފްސީ އަފިރިންވެސް ހޯދައިފިއެވެ.
އެ ޓީމް ކުއާޓާގެ ޖާގައެއް ހޯދީ ހަބޭސް އެންޖީއާ ބައްދަލުކޮށް 2-0 އިން ހަބޭސް އެންޖީ ބަލިކޮށްގެނެވެ.
މިމެޗުގައި އެފްސީ އަރިންނަށް ލަނޑު ޖަހައިދީފައިވަނީ އެޓީމުގެ ޖާޒީ ނަމްބަރ ޢަބްދުﷲ ޝިފާޒެވެ. ގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީވެސް އޭނާއެވެ.
މިއީ ޒުވާނުންގެ މެޗުގައި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވައި އެކުވެރިކަން ބަދަހި ކުރުމުގެ މަގުސަދުގައި ދިފޭދޫ ސްޕޯޓްސްއިން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތެކެވެ. މިމުބާރާތުގެ މައި ސްޕޮންސަރަކީ އޮންދިގޯއެވެ. ކޯ ސްޕޮންސަރަކީ ލިޓަސްއެވެ.
މި މުބާރާތުގެ މެޗުތައް މާދަމާރޭވެސް ކުރިއަށްދާނެއެވެ.