ސައުތު އޮޕަރޭޝަން ކޮމާންޑް ހެޑްފުޓުސަލް ކަޕް (އެސްއޯސީ) އަށް ޓީމްތައް ކޮލިފައިވެއްޖެއެވެ.
މިމުބާރާތަށް ސެންޓްރަލް ޕޮލިސް ޑިވިޝަންއިން އިން ކޮލިފައިވެފައިވަނީ ދ. އަތޮޅެވެ. ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންއިން ކޮލިފައިވެފައިވަނީ ތ. އަތޮޅެވެ. އަޕަރސައުތު ޕޮލިސް ޑިވިޝަންއިން ކޮލިފައިވެފައިވަނީ ގއ. އަތޮޅެވެ. ސައުތު ޕޮލިސް ޑިވިޝަންއިން ކޮލިފައިވެފައިވަނީ ފުވައްމުލަކު ސިޓީއެވެ.
މުބާރާތް އޮންނާނީ އަންނަމަހުގެ 4 އިން 15 އަށް މަރަދޫ ގައެވެ. މި މުބާރާތް އިންތިޒާމް ކުރަނީ ސައުތު ޕޮލިސް ޑިވިޝަންގެ ޕޮލިސް ކުލަބު ކަމަށްވާ ސައުތު ބްލޫޒް އިން ނެވެ.