މޮޅުވުމުގެ އަސްލަކީ ޓީމެއްގެ ގޮތުގައި މަސައްކަތްކުރުން: ނިޒާމްބެ

ކިޔުމަށް ހޭދަވާނީ 50ސ
މޮޅުވުމުގެ އަސްލަކީ ޓީމެއްގެ ގޮތުގައި މަސައްކަތްކުރުން: ނިޒާމްބެ
ޝައިހް ކަމާލް ކްލަބް ކަޕްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބު ކުޅުނު ދެމެޗުންވެސް މޮޅުވެ، ސެމީއަށް ދަތުރުކުރުމުގެ އަސްލަކީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުންކަމަށް އެ ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމު (ނިޒާމްބެ) ބުނެފިއެވެ.

ގްރޫޕް ސްޓޭޖުގައި ބާކީ އެއްމެޗު އޮއްވާ ރާއްޖޭގެ ޓީސީ ސެމީއަށް ދަތުރުކޮށްފައިވަނީ އިއްޔެ އެޓީމުން ކުޅުނު ދެވަނަ މެޗުގައި ކިރްގިސްތާންގެ އަލްގާ ބިޝްކެކްގެ މައްޗަށް ފަހަތުން އަރާ 2-1ލަނޑުން ކާމިޔާބުކޮށްގެންނެވެ.

ނިޒާމްބެ ބުނީ ބާކީ އެއްމެޗު އޮއްވާ ސެމީގެ ޖާގަ ލިބުމުން އުފާވާ ކަމަށާއި އުއްމީދަކީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުވެސް ކާމިޔާބު ކުރުން ކަމަށެވެ.

ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް 6 ޕޮއިންޓާއެކު ސެމީގެ ޖާގަ ޓީސީން ޔަގީންކޮށްފައިވާ އިރު، ގްރޫޕް ސްޓޭޖުގެ ފަހުމެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ދެކުނުކޮރެއާގެ ޕޮޗެއޯންއާ ދެކޮޅަށެވެ.
މިއަދު އޮންލައިން