ޔޫއޭއީގައި އުދުއްސާ ޑްރޯންތައް ގިނަވެ، އެއާޕޯޓްތަކަށް މުޞީބާތަކަށްވެ ގަޑިއަކު އެތައް މިލިއަން ޑޮލަރަކުން ގެންލުންވަމުން އަންނާތީ ސިވިލްއެވިއޭޝަން އޮތޯރިޓީން ކަންބޮޑުވެއްޖެއެވެ.
އޮތޯރިޓީން ބުނީ ޑްރޯންތައް އުދުއްސަނީ ފޮޓޯ ނެގުމަށާއި އެނޫންވެސް އެފަދަ ބޭނުންތަކަށް ނަމަވެސް އެކަން ޔަޤީންކޮށްގެން ފްލައިޓްތައް އޮޕަރޭޓް ނުކުރެވޭނެ ކަމަށެވެ. ފްލައިޓްތައް ދުއްވުމަކީ ރިސްކްނަގައިގެން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އޮތޯރިޓީން ބުނީ ކޮންމެ ދުވަހަކު އެތައް ގަޑިއިރަށް ފްލައިޓްތައް ހުއްޓުވަންޖެހޭ ކަމަށާއި ކޮންމެ ގަޑިއަކު އެތައް މިލިއަން ޑޮލަރެއް ގެއްލުންވުމުގެ އިތުރުން ކަސްޓަމަރުން ރުޅިގަދަވެ އެކަމުގެ މައްސަލަތައް އުފެދޭ ކަމަށެވެ.
ޑްރޯންގެ ސަބަބުން މިދިއަ އަހަރު ކުރިމަތިވި މިފަދަ ހާދިސާއަކަށްފަހު ޔޫއޭއީގައި ވަނީ އެއާޕޯޓުތަކާއި 5 ކިލޯމީޓަރަށްވުރެ ކައިރިން ޑްރޯން އުދުއްސުން މަނާކޮށްފައެވެ. އީރާނުން މިހާރުވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށްބުނެ ޑްރޯން އުދުއްސުން މަނާކޮށްފައެވެ.