އޮންދިގޯ ސްޓްރީޓް ސޮކަރ 2017 ގައި ކުއާޓަރފައިނަލަށް 7 ޓީމް ދަތުރު ކޮށްފިއެވެ.
އެންމެފަހުން ކުއާޓާއިން ޖާގައެއް ހޯދީ މިރޭގެ ފުރަތަމަ މެޗުގައި ޔަންގް ވަންސާ ބައްދަލުކޮށް 1-0 އިން މޮޅުވި އެސްއެމްޓީ އެވެ.
އެޓީމާއެކު ކުއާޓާފައިނަލް ކަށަވަރު ކޮށްފައިވަނީ ހަބޭސް، އެފްސީ އަފިރިން، އެފްސީ ފެލްކަން، މަލްޓި ޖީނިއަސް، އެފްސީ ޒެފިއާ، ނޯނާސްޓް ރީޓެވެ. ކުއާޓާއަށްދާނީ 8 ޓީމެވެ. މިރޭ ކުރިއަށް ހުރި މެޗުތަކުން ކުއާޓާގެ ފަހު ޖާގަ ކަށަވަރުކުރާނެ ޓީމް ކަށަވަރުވާނެއެވެ.
އެސްއެމްޓީއާއި ޔަންގްވަންސްގެ ބައްދަލުކުރި މެޗުގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ އެސްއެމްޓީގެ ޖާޒީ ނަމްބަރ 8 އިބްރާހީމް އަލްޒަމްއެވެ.
މިރޭގެ ދެވަނަ މެޗުގައި މިހާރުކުޅެމުންދަނީ ޔަންގްމެޖެންޓާއި، ޑީސީ ސްޕޯޓްސްއެވެ.